ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ދަރަނބޫދޫގައި ސައި ހޮޓާ /ރެސްޓޯރަންޓެއް ހިމެނޭގޮތުން ވިޔަފާރިކުރުމަށް ބިން ދޫކުރުން

ޢިޢުލާން

ފ. ދަރަނބޫދޫގައި ސައި ހޮޓާ /ރެސްޓޯރަންޓެއް ހިމެނޭގޮތުން ވިޔަފާރިކުރުމަށް ބިން ދޫކުރުން

މިއިދާރާގެ ނަންބަރު:(IUL)373/INDIV/2023/35(24 އެޕްރީލް 2023) އިޢުލާނާއި ގުޅޭ މަޢުލޫމާތައް ބައެއްބަދަލު އައިސްފައިވާތީ އެއިޢުލާން ބާތިލުކޮށް، ފ. ދަރަނބޫދޫ ދިލްބަހާރު ހިނގުމުގެ އިރުން، ފ. ދަރަނބޫދޫ ޞިއްޙީ މަރުކަޒުގެ އުތުރުން މޫދާއި ވީ ފަރާތުގައި ސައިހޮޓާ / ރެސްޓޯރަންޓް ހެދުމަށް ބިމުގެ ޕްލޭނުގައި ހިމެނިފައިވާ ސަރަޙައްދުގައި 30 އަހަރު ދުވަހުގެމުއްދަތައް ހޮޓާ / ރެސްޓޯރަންޓް ހިންގުމަށް 2000 އަކަފޫޓްގެ ބިމެއް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2023 ޖޫން 11ވަނަ ދުވަހުގެ 13.00އަށް މި ކައުންސިލަށް ވަޑައިގެން، މަޢްލޫމާތު ސާފުކުރެއްވުމަށްފަހު، 2023 ޖޫން 15ވަނަ ދުވަހުގެ 13:00އަށް މި ކައުންސިލަށް ވަޑައިގެން، މިކައުންސިލުން ތައްޔާރުކޮށްފައިވާ ނަމޫނާއާއި އެއްގޮތަށް ވިޔަފާރި ޕްލޭން ހުށަހެޅުއްވުން އެދެމެވެ.

ވިޔަފާރި ޕްލޭންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި މި ކައުންސިލަށެވެ. އަދި ހުށަހަޅުއްވާ ކޮންމެ ފަރާތަކަށް ހުށަހެޅޭނީ 01 (އެކެއް) ވިޔަފާރި ޕްލޭން އެވެ.

މަޢްލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ވިޔަފާރި ޕްލޭނާއި، ކައުންސިލުން ވިއްކާ ފޯމު ފިޔަވައި އެހެން ފޯމެއްގައި ހުށަހަޅާ ވިޔަފާރީގެ ޕްލޭން ބަލައެއް ނުގަނެވޭނެއެވެ. އަދި  ކައުންސިލުން ތައްޔާރުކޮށްފައިވާ ނަމޫނާއާއި އެއްގޮތަށް ހުށަހަޅާފައި ނުވާ ވިޔަފާރި ޕްލޭން ތަކާއި، މަޢްލޫމާތު ފުރިހަމަ ނުވާ ޕްލޭންތައް ބާޠިލުވާނެ ވާހަކަ ދަންނަވަމެވެ.

ސައި ހޮޓާ /ރެސްޓޯރަންޓެއް ހިމެނޭގޮތުން ވިޔަފާރިކުރުމަށް ބިން ހޯދުމަށް އެދި ހުށަހަޅަންޖެހޭ ވިޔަފާރި ޕްލޭން ހުށަހަޅާ ފޯމެއްގެ އަގަކީ -/100ރ. (ސަތޭކަ ރުފިޔާ) އެވެ. ފޯމު ގަތުމަށް ދައްކާ ފައިސާއަކީ ރީފަންޑު ކުރެވޭނެ ފައިސާއެއް ނޫނެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޛުލްޤަޢިދާ 1444

04 ޖޫން 2023
ހޯދާ