ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
ހެލްތް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ހެލްތް އެސިސްޓެންޓް

މަޤާމުގެ ބާވަތް:

ދާއިމީ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ލ. ދަނބިދޫ ސްކޫލް / ލ. ދަނބިދޫ، ދިވެހިރާއްޖެ

މަޤާމުގެ ރޭންކް:

ޖީ އެސް 3 

މަޤާމުގެ ކުލެސިފިކޭޝަން:

 އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:

4465.00

ސަރވިސް އެލަވަންސް:

1500.00

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސެޝަނުގެ ތެރޭގައި ކުދިންނަށް ދިމާވާ ޞިއްޙީ މައްސަލަތަކުގައި އަވަސް ފަރުވާ ދިނުމާއި، ކަނޑައެޅޭ އުސޫލެއްގެމަތިން ސްކޫލުގެ ހުރިހާ ކުދިންގެ އާންމު ޞިއްޙަތު ޗެކުކޮށް، އެކަމުގެ ރިކޯޑު ބެލެހެއްޓުން.
  • ސްކޫލުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން ހިންގޭ ޕްރޮގްރާމުތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ސްކޫލަކީ ޞިއްޙީގޮތުން ކުދިންނަށް އެކަށޭނަ މާޙައުލަކަށް ހެދުމަށްޓަކައި ޢަމަލީގޮތުން މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ތަކެތި: 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

މަޤާމަށް މީހުން ހޮވުމުގައި ބަލާނެ ކަންކަން:

- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

- މަޤާމަށް މީހުން ހޮވުމުގައި، ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ސުންގަޑި:

 މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2015 ފެބުރުވަރީ 2 ވާ ހޯމަދުވަހުގެ މެންދުރު ފަހު 15:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު، ލ. ދަނބިދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ. އީ. މެއިލް މެދުވެރިކޮށް ފޮނުވާނަމަ، [email protected]  އަށް މެއިލްކުރުން އެދެމެވެ.

އިންޓަވިއު:

މި މަޤާމަށް އިންޓަވިއުކުރުން އޮންނާނެ ދުވަހާއި ގަޑި، ކުރިމަތިލާ ފަރާތްތަކަށް ފަހުން އަންގާނެއެވެ.

 

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް:     

ފޯން: 6800740  ފެކްސް: 6800809 އީމެއިލް: [email protected]

4 ރަބީޢުލްއާޚިރު 1436

25 ޖަނަވަރީ 2015
ހޯދާ