މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕް 2023

ސްކޮލަރޝިޕްގެ ފުރުސަތު


ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕް 2023

ޕްރިންސިޕަލުން ތަމްރީނު ކުރުމަށް މި މިނިސްޓްރީގެ ޚަރަދުގައި 10 ސްކޮލަރޝިޕްގެ ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލަމެވެ. މިސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކަށް ތިރީގައިވާ އިނާޔަތްތައް ހަމަޖައްސައިދެވޭނެއެވެ.

  1. ކިޔެވުމަށްދާ ޚަރަދު
  2. މުސާރައާއި އެއްވަރުގެ އެލަވަންސް
  3. ދެކޮޅު ޓިކެޓް

 މި ސްކޮލަރޝިޕްގެ ފުރުސަތު ލިބޭ ފަރާތްތަކާއެކު ވަކި މުއްދަތަކަށް، ކަނޑައެޅޭ ސަރުކާރުގެ ސުކޫލެއްގައި ޚިދުމަތްކުރުމަށް ބޮންޑުކުރެވޭނެއެވެ. 

 

ސްކޮލަރޝިޕްގެ އަދަދު

10

ކޯހުގެ ދާއިރާ

ސްކޫލް އެޑްމިނިސްޓްރޭޝަން / ސްކޫލް މެނޭޖްމަންޓް/

އެޑިޔުކޭޝަނަލް މެނޭޖްމަންޓް / އެޑިޔުކޭޝަނަލް ލީޑަރޝިޕް އެންޑެ މެނޭޖްމަންޓް

ކޯހުގެ ލެވެލް

ލެވެލް 9 (މާސްޓަރސް)

ސްކޮލަރޝިޕް ދެވޭ ޤައުމު

މެލޭޝިއާ (ޔުނިވަރސިޓީ އޮފް މަލާޔާ/ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ)

 

ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:

 

  1. ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި؛
  2. ސުކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި؛
  3. ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ޚިދުމަތްކޮށްފައިވުން.

 

  • މި މިނިސްޓްރީއިން ކުރިން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ޤަވާއިދުން ދައްކަވަމުންގެންދަވާ ފަރާތެއް ކަމުގައިވުން.
  • ކޯހަށް ކަނޑައަޅާފައިވާ ދާއިރާއިން މާސްޓަރސް ޑިގްރީ (ލެވެލް 9) ފެންވަރުގެ ކޯހެއް ނިންމާފައިވާ ފަރާތެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

  • ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފޯމް
  • ތަޢުލީމީ ސަނަދުތަކުގެ ކޮޕީ
  • ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (2 ފުށް ފެންނަގޮތަށް)
  • ކިޔަވައި ދިނުން އަދި ހިންގުމުގެ ދާއިރާގެ ތަޖުރިބާ ސާބިތުކޮށްދިނުމަށް ބޭނުންވާ ތަޖުރިބާގެ ލިޔުންތައް

ސްކޮލަރޝިޕަށް ހޮވޭ ފަރާތްތައް ކަނޑައެޅުން

 

  • ސްކޮލަރޝިޕަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ ތިރީގައިވާ ކްރައިޓީރިއާ އާ އެއްގޮތަށް މާކްސް ދިނުމަށްފަހު އެންމެ މަތިން މާކްސް ހޯދާ ފަރާތްތައް ތަރުތީބުކޮށް އެއާ އެއްގޮތަށެވެ. މިގޮތަށް ތަރުތީބު ކުރުމުގައި މީގެކުރިން މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިނުވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  

 

ކްރައިޓީރިއާ

  1. މަސައްކަތުގެ ތަޖުރިބާއަށް (ކިޔަވައި ދިނުން އަދި ހިންގުމުގެ ތަޖުރިބާގެ މުއްދަތުން ޝަރުޠު ހަމަކުރުމަށް ބޭނުންވާ މުއްދަތު އުނިކުރުމުން، އިތުރުވާ މުއްދަތަށް މާކްސްދޭ ގޮތަށް) - %20
  2. ޕްރެޒެންޓޭޝަނަށް - %30
  3. އިންޓަރވިއުއަށް - %50

ސްކޮލަރޝިޕަށް އެދެންވީގޮތާއި ސުންގަޑި:

  • ސްކޮލަރޝިޕަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަކުރެވިފައިވާ ފޯމު އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 11 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

https://forms.gle/6cvJyaudowkUKVRXA

  • ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފޯމު އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 3341467 އަދި 3341298 ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ.

01 ޖޫން 2023
ހޯދާ