އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
02 ކޮޓަރީގެ ފުލީ ފާރނިޝްޑް 02 އެޕާޓްމަންޓް ކުއްޔަށް ހިފުން

                                                                                                                                              ނަންބަރ137-IU/PR/2023/41 :

އިޢުލާން

 

މިހޮސްޕިޓަލަށް ގެނެވޭ ބިދޭސީ ޑޮކްޓަރުންް ބޭތިއްބުމައްޓަކައިި 02 ކޮޓަރީގެ ފުލީ ފާރނިޝްޑް 02 އެޕާޓްމަންޓް ކުއްޔަށް ހިފުމަށް 25  މެއި 2023 ގައި ކޮށްފައިވާ ނަމްބަރު 137-IU/PR/2023/39 އިޢުލާނުގައި މާރކްސް ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑު އިސްލާހު ކުރުމަށް ބޭނުންވާތީ، އެ އިޢުލާނު ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ މައުލޫމާތު  ބަޔާންކޮށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އަދި ކުއްޔަށް ދޭނެ ފަރާތެއް ހޮވުމުގައި މާރކްސްދެވޭނެ މިންގަޑު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

 

                 މިއިޢުލާނުގެ ދަށުން އެޕާރޓްމަންޓް ކުއްޔަށް ދޫކުރުމަށް ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 04 ޖޫން 2023 ވަނަ ދުވަހުގެ 11:00ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓު ޑިޕާޓްމަންޓުގައެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން  3335201 އަށް ގުޅުއްވުން އެދެމެވެ.

 

1

މަހު ކުލި

90%

2

ތަނުގެ ބޮޑުމިން (އަކަ ފޫޓުން)، ތަނުގެ ފެންވަރު އަދި ފުރިހަމަކަން

5%

3

އިމާރާތް ނުވަތަ ފްލެޓާއި އައި.ޖީ.އެމް.އެޗް އާއި ހުރި ދުރުމިން

5%

މުހިންމު ނޯޓް

މި އިޢުލާނަށް އަގު ހުށަހަޅަންވާނީ އެޕާރޓްމަންޓުގެ މެއިންޓެނަންސް މަސައްކަތް ކޮށްދިނުމަށް އެއްބަސްވާ ފަރާތްތަކެވެ.

                    

   12 ޛުލްޤައިދާ 1444

    01 ޖޫން 2023            

01 ޖޫން 2023
ހޯދާ