އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އިންތިޚާބާ ބެހޭ މަރުކަޒުގެ ޓްރޭނިންގ ހޯލަށް ދޮރުފޮތި ކުއްޔަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

(IUL)38-AD/38/2023/227 :ނަންބަރު

އިޢުލާނު

އިންތިޚާބާ ބެހޭ މަރުކަޒުގެ ޓްރޭނިންގ ހޯލަށް ދޮރުފޮތި ކުއްޔަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް، އިންތިޚާބާ ބެހޭ މަރުކަޒުގެ ޓްރޭނިންގ ހޯލަށް (ދޮށިމޭނާ މާލަމް، ދަރުބާރުގެ) ދޮރުފޮތި ކުއްޔަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 05 ޖޫން 2023 ވާ ހޯމަ ދުވަހުގެ 15:00 އަށް އިންތިޙާބާ ބެހޭ މަރުކަޒަށް (ދަރުބާރުގެ، އަމީނީމަގު)  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 13:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 12 ޖޫން 2023 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

01 ޖޫން 2023
ހޯދާ