ދިވެހިރާއްޖެ
ހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުން
މި ހޮސްޕިޓަލުން ދޭ މަޢުލޫމާތާ އެއްގޮތަށް މިހޮސްޕިޓަލަށާއި ދ.އަތޮޅުގެ ޞިއްޙީމަރުކަޒުތަކަށް ބޭނުންވާ ބައެއް ފަރުނީޗަރާއި އިކުއިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު DHAH/2014/08ފ(2014-12-29) އިޢުލާނަށް އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ، ކުރީގެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިތަކެތި މިހޮސްޕިޓަލުން ދޭ ސްޕެސިފިކޭޝަންތަކާ އެއްގޮތަށް ސަޕްލައިކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 14:00 އަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 14:00 އަށް މިހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މި ހޮސްޕިޓަލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާފައިވާ ފަރާތްތަކަށެވެ.
08 ރަބީޢުލްއާޚިރު 1436