ދިވެހިރާއްޖެ
ހދ.ކުރިނބީ ބަނދަރު ސަރަހައްދުން ހޮޓާ/ކެފޭ/ރެސްޓޯރެންޓަށް ބިން ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބިމުގެ މަޢުލޫމާތު:
- ބަނދަރުގެ އިރުމަތީކޮޅުން 1050 އަކަފޫޓުގެ 1 ބިން
ވީމާ، މި ބިން ބީލަން އުސޫލުން ކުއްޔަށް ހިފުމުށް ޝައުގުވެރިވާ ފަރާތްތައް ބީލަމަށް ރަޖިސްޓްރީ ކުރުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ބީލަމަށް ރަޖިސްޓްރީ ކުރާނީ 6 ޖޫން 2023 ގެ ނިޔަލަށް އޮންލައިން ފޯމު https://forms.gle/x1LZ4Zxe1PSztR4U9 މެދުވެރިކޮށެވެ.
ބީލަން ހުށަހެޅުން |
ތަން: ހދ.ކުރިނބީ ކައުންސިލްގެ އިދާރާގައި |
11 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ 13:00 |
މި ބީލަމުގައި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވިދާނެއެވެ. އެހެން ނަމަވެސް ބީލަން ކާމިޔާބު ކުރާ ފަރާތަކީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް ނޫންނަމަ އެފަރާތާއިއެކު އެއްބަސްވުމުގައި ސޮއި ކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރުމުންނެވެ.
މި މަސައްކަތުގެ ބީލަންފޮތް މި އިޢުލާނާއިއެކު އާންމު ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.