ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2023/91
އިޢުލާން
ޓޫރިޒަމް ޒޯން ސާފުކުރުން
ހަނިމާދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކުރަން ހަމަޖެހިފައިވާ ބިންތަކުގެ ތެރެއިން މިދަންނަވާ ސަރަޙައްދުތަކުގައި ހުރި އަމިއްލަ މީސްމީހުންގެ ޢިމާރާތްތަކާއި، ބިނާތަކާއި، މަދަނީ މުދައުތައް 2023 ޖޫން 15 ވަނަ ދުވަހުގެ ނިޔަލަށް އެސަރަހައްދުން ނެގުމަށް ދެންނެވީމެވެ. މި މުއްދަތުގެ ފަހުން އެސަރަހައްދުގައި ހުރި މަތީގައި ބަޔާން ކުރެވިފައިވާ ބާވަތްތަކުގެ ތަކެތީގެ ވެރިފަރާތުން އެތަކެތި ނުނަގައިފި ނަމަ އެތަކެތީގެ ވެރިފަރާތެއް ނެތީކަމުގައިބަލައި އެތަކެތި ނައްތާލާގޮތަށް ހަމަޖައްސައިފީމެވެ.
- ތަކެތި ހުރި ސަރަހައްދު
ހަނިމާދޫ ރަސްމީ ބޯޅަދަނޑު ދެކުނު އިމުން ހުޅަނގަށް ގޮސް މޫދު ސަރަޙައްދާއި ހަމައިން އުތުރަށް ބެއާފޫޓް ސިޓީ ހޮޓަލާއި ދެމެދު ސަރަޙައްދު.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ޛުލްޤާއިދާ 1444
01 ޖޫން 2023