ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެދަށުން ރާއްޖޭގެ 4 ސަރަހައްދެއްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓުތަކުގެ މަޝްރޫއަށް ކޮންޓްރެކެޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް ސައިޓް ސުޕަވައިޒަރުން އަދި ޕްރޮޖެކްޓް އެސިސްޓަންޓުން ހޯދުމަށް 12 ޖަނަވަރީ 2014ގައި ކުރި އިޢުލާން (IUL) 138-IS1/138/2015/1 ބާޠިލުކޮށް އަލުން އިއުލާންކުރަމެވެ. މި މަޝްރޫޢާ ގުޅޭ އިތުރު ތަފުސީލު ތިރީގައި މިވަނީއެވެ.
ސައިޓް އޮފީސް ޤާއިމުވެފައި ހުންނަރަށް |
ހައުސިންގ ޔުނިޓް އިމާރާތްކުރެވޭ ރަށް |
މުވައްޒަފުން ބޭނުންވާ އަދަދު |
|
ސްޕަވައިޒަރ |
ޕްރޮޖެކްޓް އެސިސްޓަންޓް |
||
ސ.ހިތަދޫ |
ސ.ހިތަދޫ އަދި ސ.ހުޅުމީދޫ |
1 |
1 |
ޏ.ފުވައްމުލައް |
ޏ.ފުވައްމުލައް |
1 |
1 |
ހުޅުމާލެ |
ހުޅުމާލެ |
1 |
1 |
ގދ.ތިނަދޫ |
ގދ.ތިނަދޫ، ގދ.މަޑަވެލި، ގދ.ހޯޑެއްދޫ، ގދ.ގައްދޫ، އަދި ގއ.ވިލިނގިލި |
2 |
2 |
ފެންވަރު ނުވަތަ ޝަރުޠު:
ސައިޓް ސުޕަވައިޒަރ
- މަސައްކަތުގެ މަޤާމާ ގުޅޭ ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
- މަސައްކަތުގެ މަޤާމާގުޅޭ ދާއިރާއަކުން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުތެރޭ މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.
- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
- މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ ޕްރޮގްރާމްތައް ރަނގަޅަށް އެނގުން.
ޕްރޮޖެކްޓް އެސިސްޓަންޓް
- ސާނަވީ އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ" ފާސް ލިބިފައިވުން ނުވަތަ
- މަސައްކަތުގެ މަޤާމާ ގުޅޭ ދާއިރާއަކުން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުތެރޭ މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.
- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
- މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ ޕްރޮގްރާމްތައް ރަނގަޅަށް އެނގުން.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 5 ފެބްރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް އެޕްލިކޭޝަންތައް ފޮނުއްވައިދެއްވުން އެދެމެވެ. އެޕްލިކޭޝަނާއެކު ވަނަވަރު، އައި.ޑީ ކާޑު ކޮޕީ، އެކްރެޑިޓް ކުރެވިފައިވާ ތައުލީމި ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއާއި ޤާބިލުކަން އަންގައިދޭ އެންމެހައި ލިޔެކިޔުންތައް ހިމަނުއްވައިދެއްވުން އެދެމެވެ. މި ވަޒީފާއާ ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރު) މި މިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
އަމީނީ މަގު، 20329 މާލެ / ދިވެހިރާއްޖެ
ފޯނު: 3004153 / 3004300 ފެކްސް: 3004301
އީމެއިލް: [email protected]
ވެބްސައިޓް: www.housing.gov.mv
30 ރަބީޢުލްއައްވަލް 1436