ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1500 ކިލޯގެ ޕަވަރގޭޓް ޓްރަކް ސަޕްލައިކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިއިދާރާގެ ނަމްބަރު: (IUL)255/255/2023/24 (30 އޭޕްރީލް 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިއުލާން ބާތިލްކޮއް ކައުންސިލަށް ބޭނުންވާ 1500 ކިލޯގެ ޕަވަރގޭޓް ޓްރަކެއް ސަޕްލައިކޮށްދިނުމުގެ މަސައްކަތަށް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ  އަލުން ފުރުޞަތު ހުޅުވާލެމެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޖޫން 11 ވާ އާދިއްތަ  ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު އުތީމު ކައުންސިލްގެ އިދާރާއިން އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާ ނަމަ 2023 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުން އެދެމެވެ.

މި ބީލަމާއި ބެހޭ ހުރިހާ މަޢުލޫމާތެއް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 18 ޖޫން 2023 ވާ އާދިއްތަ ދުވަހު 11:15 ގައި އުތީމު ކައުންސިލްގެ އިދާރާގައެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފޯނު ނަންބަރު: 6500038

އީމެއިލް އެޑްރެސް: [email protected]

  ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޖޫން 2023
ހޯދާ