ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2023/89
އިޢުލާން
ޢިމާރާތެއް ފަރުމާކުރުން
ހަނިމާދޫ ކައުންސިލުން ދޭމައުލޫމާތާއި އެއްގޮތަށް 3 ބުރީގެ ޢިމާރާތެއް ފަރުމާކޮށް BOQ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މިޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ދޮންވެލި ގޯތިތެރޭގައި ހުސްކޮށްއޮތް ބައިގައެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 2023 ޖޫން 11 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 2023 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމްގައެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ޛުލްޤާއިދާ 1444
01 ޖޫން 2023