އިޢުލާން
| 
ބަނދަރު ސަރަޙައްދުން ހޮޓާ / ރެސްޓޯރަންޓް / ކެންޓީން / ކާބޯތަކެތި ވިއްކުމަށް ބީލަން އުޝޫލުން 2 ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ | 
 
 
 
 
ބީލަން ހުށަހެޅުމުގެ ދަޢުވަތު
 
ކާބޯތަކެތީގެ ވިޔަފާރިއަށް 2 ބިން ކުޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލުން
 
| ބީލަމަށް ރަޖިސްޓްރީކުރުމާއި ބީލަން ފޮތް ބައްލަވައި ގަތުން | 
މި ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 28 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރަންވާނެއެވެ. ބިޑު ރަޖިސްޓަރ ކުރެއްވުމަށް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ޝީޓު ފުރިހަމަ ކޮށް މިއިދާރާގެ [email protected]  އީމެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ.         ބީލަމަށް ރަޖިސްޓްރީކޮށް ބީލަން ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައި ވަނީ 1000ރ ( އެއްހާސް ރުފިޔާ ) އަށެވެ. ބީލަން ފޮތް ގަތުމަށް ޚަރުދު ކުރި ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.ބީލަން ފޮތް ބައްލަވައި ގަނެވޭނީ ހަމަ އެކަނި ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.   | 
| މަޢުލޫމާތު ދިނުމުގެ ބައްދަލުވުން | 
ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ  02 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް ބީލަންވެރިންނަށް އީމެއިލް ކުރެވޭނެއެވެ.ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 7948087 އަށް ގުޅުއްވައި ސާފުކުރެއްވުން އެދެމެވެ. | 
| ބީލަން ހުށައެޅުން   | 
ބީލަން ހުޅުވުން އޮންނާނީ 25 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 13:45ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ބީލަމެވެ. | 
 
     
                                       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.