ދިވެހިރާއްޖެ
އިޢުލާން
މ. މުލީ ކައުންސިލް އިދާރާގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން
މ. މުލީ ކައުންސިލް އިދާރާގެ ވެބްސައިޓް ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ފަރުމާކޮށްދޭން ޝައުޤްވެރިވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
މި މަސައްކަތުގެ މައުލޫމާތުޝީޓް އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅު ވާނަމަ މައުލޫމާތުޝީޓްގައިވާ ގޮތުގެ މަތިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
ބީލަމާގުޅޭ މުހިންމު ސުންގަޑިތައް
| ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން | 2023 ޖޫން 01 ވަނަ ދުވަހުންފެށިގެން 2023 ޖޫން 07 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް | 
| އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ބިޑް ރަޖިސްޓްރީކުރާފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް މެއިލްކުރެއްވުންއެދެމެވެ. | |
| މައުލޫމާތު ދިނުމުގެ ސެޝަން | ތަން: މީޓިންގ ރޫމް، މުލަކަތޮލު މުލީ ކައުންސިލްގެ އިދާރާ ތާރީޚް: 08 ޖޫން 2023 (ބުރާސްފަތި) ގަޑި: 13:00 | 
| ބީލަން ހުށަހެޅުން | ތަން: މީޓިންގ ރޫމް، މުލަކަތޮލު މުލީ ކައުންސިލްގެ އިދާރާ ތާރީޚް: 15 ޖޫން 2023 (ބުރާސްފަތި) ގަޑި: 13:00 | 
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.
 
                    