ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްތަކުގެ މުދަލާއި ވަޞީލަތްތަކާއި ބިންބިމުގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމާ ގުޅޭ
2023 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހާ ހަމަޔަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 2-56 މާއްދާއާއި 4-56 ވަނަ މާއްދާގައި ބަޔާންކޮފައިވާ މުދަލާއި ވަސީލަތްތަކާއި ބިންބިމުގެ ދަފުތަރު އެކުލަވާލާ ނިންމުމަށްފަހު މި އޮތޯރިޓީއަށް ހުށަހަޅުއްވާފައިވާ ކައުންސިލްތަކުގެ ދަފްތަރުތައް މި ޢިއުލާނާއެކު އާންމުކުރީމެވެ.
މި ދަފުތަރުތަކުގައިވާ މުދަލާއި ވަސީލަތްތަކާއި ބިންބިމުގެ މިލްކުވެރިކަމާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، 2023 ޖުލައި 01 ވާ ހޮނިހިރު ދުވަހުގެ 12:00 ގެ ކުރިން މި އޮތޯރިޓީއަށް އެކަން އީމެއިލުން ނުވަތަ ލިޔުމުން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އީމެއިލުން ފޮނުވާނީ ތިރީގައި ބަޔާންކުރައްވާފައިވާ އިމެއިލަށެވެ.
އީމެއިލް އެޑްރެސް: [email protected]
01 ޖޫން 2023
ހޯދާ