ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލްގެ 3 ވެހިކަލްއެއްގެ ޙާލަތުބަލައި އެވެހިކަލްތަކުގެ މައްސަލަތައް ޙައްލުކޮށް މަރާމާތުކޮށް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލްގެ 3 ވެހިކަލްއެއްގެ ޙާލަތުބަލައި އެވެހިކަލްތަކުގެ މައްސަލަތައް ޙައްލުކޮށް މަރާމާތުކޮށް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރު:TENDER/HMH/2023/021-R2

ހުޅުމާލެ ހޮސްޕިޓަލްގެ 3 ވެހިކަލްއެއްގެ ޙާލަތުބަލައި އެވެހިކަލްތަކުގެ މައްސަލަތައް ޙައްލުކޮށް، މަރާމާތުކޮށް، ސަރވިސްކޮށްދޭނެ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު TENDER/HMH/2023/021–R1އަށް އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން މިމަސަތްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.

 

ރެޖިސްޓްރޭޝަން:

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 15 ޖޫން 2023ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން [email protected] އަށް މެއިލްކުރެއްވުންއެދެމެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. އީ-މެއިލް ކޮންފާރމޭޝަން ރެޖިސްޓްރީވާ ފަރާތްތަކަށް ފޮނުވޭނެއެވެ. ބިޑަށް ޕްރޮޕޯސަލް ހުށަހެޅޭނީ ބިޑުގައި ރަޖިސްޓަރވެ ވެހިކަލްތައް ސާރވޭ ކުރާ ފަރާތްތަކަށެވެ.

 

ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުންކަމާއި ރެޖިސްޓްރީ ކޮންފާރމޭޝަން ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

 

މައުލޫމާތު ދިނުން:

ބިޑްގެ ޕްރީބިޑް ބައްދަލުވުން 12 ޖޫން 2023 ވާ ހޯމަ ދުވަހުގެ 10:00 ގައި ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން:

19 ޖޫން 2023 ވާ ހޯމަ ދުވަހުގެ 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

 

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 15 ޖޫން 2023ވާ ބުރާސަފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350152

އީ-މެއިލް: [email protected]

 

31 މެއި 2023

 

 

ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް

31 މޭ 2023
ހޯދާ