ޢިއްޒުއްދީން ސްކޫލް
ދިވެހިރާއްޖެ
ޑާންސް ކޮސްޓިއުމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަމްބަރު: IZS/IUL/2023/24

                                                             ތާރީޚު: 31 މެއި 2023

އިޢުލާން

ޑާންސް ކޮސްޓިއުމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

ޑާންސް ކޮސްޓިއުމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މި ސްކޫލުން ކޮށްފައިވާ، މި ސްކޫލްގެ ނަންބަރު: IZS/IUL/2023/23 ގެ އިއުލާނާއި ގުޅިގެން އެކަށީގެންވާ އަގެއް ހުށަހަޅާފައިނުވާތީ، އެ އިއުލާން ބާޠިލްކޮށް މި މަސައްކަތް ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް އަލުން އިއުލާންކޮށްފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މި ސްކޫލުން ދޭ ނަމޫނާއާ އެއްގޮތަށް 40 ދަރިވަރުންނަށް ބޭނުންވާ ޑާންސް ކޮސްޓިއުމް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 04 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން  މި އިއުލާންގައި އެޓޭޗް ކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުއްވުމަށް ފަހު ތިރީގައިވާ މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ. ކޯޓޭޝަން ހުށެހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 04 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ  11:30 އަށް މި ސްކޫލަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341700 އަށެވެ.

އީ-މެއިލް ކުރާނީ [email protected] އަށެވެ.

31 މެއި 2023 

 

 

31 މޭ 2023
ހޯދާ