ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ: ނޭޝަނަލް ޑްރަގް އޭޖެންސީގެ ނަންބަރ: IUL) 434-PRC/434/2023/127) ޢިއުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ ޢިއުލާން ބާތިލްކޮށް، މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު: 2011/17 ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނެގޭ ޔޫރިން ގެ ސެކަންޑް ސާމްޕަލް ޓެސްޓްކުރުމުގެ ޚިދުމަތް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ޢިއުލާން ކުރަމެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނެގޭ ޔޫރިން ގެ ސެކަންޑް ސާމްޕަލް ޓެސްޓްކުރުމުގެ ޚިދުމަތް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 31 މެއި 2023 ވާ ބުދަ ދުވަހުން ފެށިގެން 6 ޖޫން 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް، އިވެލުއޭޝަން ކްރައިޓީރިއާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. |
|||
|
ތާރީޚް |
ގަޑި |
ތަން |
އަންދާސީ ހިސާބު ހުށަހެޅުއްވުން |
8 ޖޫން 2023 (ބުރާސްފަތި) |
11:00 (މެންދުރުކުރި) |
ނޭޝަނަލް ޑްރަގް އޭޖެންސީގެ މައި އޮފީސް (މ. ސީޓްރެކް ބިލްޑިންގ / 02 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)
|