ދިވެހިރާއްޖެ
ނަންބަރު : AIA-E3/IL//2023/008
ނީލަން ކިއުން
މިކުންފުނީގައި ބޭނުން ކޮށް ހަލާކުވެފައިވާ ބައެއް ތަކެތި ބާދަނގަޑުގެ ގޮތުގައި ނީލަމުގައި ވިއްކާލަން ކުރި އިއުލާން ނަންބަރު : AIA-E3/IL/2023/007 ގެ މަޢުލޫމާތައް ބަދަލުތަކެއް އައުމާއި ގުޅިގެން އެއިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ.
މިއިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުތަކާއި ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ނީލަންކިޔުން އޮންނާނީ 06 ޖޫން 2023 ވާ އަންގާރަ ދުވަހުން ފެށިގެން 3 ދުވަހަށް ބަހާލައިގެން ކޮންމެ ދުވަހެއްގެ 10:00 އިން ފެށިގެންނެވެ. ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 05 ޖޫން 2023 ވަނަ ދުވަހު 11:00 އަށް މިކުންފުނީގެ އެޑްމިން އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރި ފަރާތްތަކުން، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ.
މި ނީލަމާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6898214 އަށެވެ.
ނޯޓް: މިނީލަމުގައި ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ބައިވެރިނުވެވޭނެއެވެ. އަދި ކުންފުނީގެ މެނޭޖްމަންޓްގެ ބޭފުޅުން، ޑިޕާޓްމަންޓް/ސެކްޝަން ތަކުގެ ވެރިން، އެސިސްޓެންޓް މެނޭޖަރުން އަދި ބޯޑްގެ މެމްބަރުންނަށް އަދި އެބޭފުޅުންގެ ޢާއިލާގެ މެމްބަރުންނަށް ބައިވެރިނުވެވޭނެއެވެ