ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި އިންސްޓިޓިއުޓުގެ ވެބްސައިޓް އިގިރޭސި އަދި ދިވެހި ވާރޝަން ހިމެނޭގޮތަށް ފަރުމާކޮށް 05 އަހަރު ދުވަހަށް ހޮސްޓްކޮށް މެއިންޓެއިންސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: 1/2023/1/(IUL)451-FP އިޢުލާނުގައިވާ މައުލޫމާތަށް ބަދަލުއައުމާއި ގުޅިގެން އެ އިޢުލާން ބާތިލް ކުރަމެވެ. އަދި މިކަން ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.  ބީލަމާއިބެހޭ އިތުރު މައުލޫމާތު ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.  

 

  • މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2023 ޖޫން 01 އިން ފެށިގެން ޖޫން 06 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މި އިންސްޓިޓިއުޓްގެ ރިސެޕްޝަނަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  • ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 ޖޫން 12 ވަނަ ދުވަހު 10:00ގައި ސްޓާރކްލައުޑްސް ބިލްޑިންގ     (މ. ޗަނބޭލީވިލާ) ހަތްވަނަ ފަންގިފިލާގައެވެ.
  • މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޕްރޮކިއުމަންޓް ސެކްޝަން
  • ސްޓާރ ކްލައުޑްސް ބިލްޑިންގ (މ.ޗަނބޭލީވިލާ) 05ވަނަ ފަންގިފިލާ
  • މަޖީދީމަގު، މާލެ، ދިވެހިރާއްޖެ
  • ފޯން: 3023511 /3023543
  • އީ-މެއިލް:[email protected]
  • ކޮޕީ އީ-މެއިލް:  [email protected]
  • މި މަސައްކަތާއި ގުޅޭ ބީލަން ފޮތް އަދި އިތުރު ލިޔުންތައް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

 

            އަދި ދަންނަވަމެވެ. މިޕްރޮޖެކްޓުގައި ނަންނޯޓް ކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023517 /3023543ނަމްބަރު ފޯނަށެވެ.

31 މޭ 2023
ހޯދާ