މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ވެއިން ބްރިޖެއް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް- 3 ވަނަ އިޢުލާން - އެޑެންޑަމް 2

  (IUL)438-WMPC/438/2023/274:އިޢުލާން ނަންބަރު

ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ވެއިން ބްރިޖެއް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް-

3 ވަނަ އިޢުލާން - އެޑެންޑަމް 2

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ (އެމް.އީ.ސީ.ސީ.ޓީ) އިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން - ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް.އީ. ސީ. ޕީ) ދަށުން ތިރީގައި ދަންނަވާފައިވާ އިއުލާނުން ބީލަމަށް ހުޅުވާލެވުނު ރ. ވަންދޫ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ވެއިން ބްރިޖެއް ސަޕްލައިކޮށް، އިންސްޓޯލްކުރުމުގެ މަސައްކަތް – 3 ވަނަ އިޢުލާންގެ މަސައްކަތާއި ގުޅިގެން ޓެކްނިކަލް ސްޕެސިފިކޭޝަން އަލުން ރިވައިސްކުރެވިފައިވާ ވާހަކަ ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ މަޢުލޫމާތައް ޓަކައި ދަންނަވަމެވެ. ޓެކްނިކަލް ސްޕެސިފިކޭޝަން މި އިއުލާނާއެކު އެޓޭޗްކޮށްފައި ވާނެއެވެ.

މީގެ އިތުރުން މި މަސައްކަތާއި ގުޅިގެން ހުށަހަޅާފައިވާ ސުވާލުތަކުގެ (ކްލެރިފިކޭޝަން2) މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި އިއުލާން އާއި ގުޅިގެން ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚަށް ތިރީގައިވާ ގޮތަށް ބަދަލުވެފައިވާ ވާހަކަ ދަންނަވާލަމެވެ.

ބީލަން ހުޅުވުން

ބީލަން ހުށަހަޅާނީ08  ޖޫން 2023 ދުވަހުގެ 11:00ގެ  ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ތިރީގައި ދަންނަވާފައިވާ އެޑްރޭހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 08 ޖޫން 2023 ދުވަހުގެ 11:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

31 މޭ 2023

 

 

 

31 މޭ 2023
ހޯދާ