މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮކާ ކިޑްސް ޕްރީސްކޫލްގެ ދަރިވަރުންގެ ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން

 

 

 

 

 

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                             ނަމްބަރ: (IUL)331/331/2023/54

 

 

   އިޢުލާން

 

 އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

މި ކައުންސިލްގެ ފަރާތުން ހިންގަމުންދާ ކޮކާ ކިޑްސް ޕްރީސްކޫލްގެ ދަރިވަރުންގެ ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                 މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 ޖޫން 08 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ.

                  ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.                                                                                                                            

                   11 ޛުލްޤައިދާ 1444 

                   31 މެއި 2023

 

 

 

    

 

 

31 މޭ 2023
ހޯދާ