ދިވެހިރާއްޖެ
އިއުލާން
ނޭޝަނަލް ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްލޭން ގެ ޓާރމްސް އޮފް ރިފަރެންސް ތައްޔާރުކޮށްދޭނެ ފަރުދެއް ހޯދުން
މި މިނިސްޓްރީން 2023 އޭޕްރިލް 02 ވަނަ ދުވަހު ކުރެވުނު ނަންބަރު (IUL)475-Admin/475/2023/45 އިއުލާންގެ ދަށުން އަންދާސީހިސާބު ހުށަހަޅާފައިވާ އެއްވެސް ފަރާތެއް ޝަރުތުހަމަނުވާތީ އެ އިއުލާން ބާތިލްކޮށް، ނޭޝަނަލް ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްލޭން ގެ ޓާރމްސް އޮފް ރިފަރެންސް ތައްޔާރު ކޮށްދޭނެ ފަރުދެއް ހޯދުމަށް އަލުން އިއުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރުދުން މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް 2023 ޖޫން 04 ގެ 13:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ 2023 ޖޫން 05 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އުމަރު ޒާހިރު އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާގައެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2023 ޖޫން 08 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އުމަރު ޒާހިރު އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާގައެވެ. މި އިއުލާނާއެކު މައުލޫމާތު ކަރުދާސް ހިއްސާކުރެވިފައިވާނެއެވެ.