މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މި ކައުންސިލުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާބެހޭ

ދައުލަތުގެ މުދާ، ނީލަން ކިއުމާއި ނައްތާލުމުގައި އަމަލު ކުރާނެ އުޞޫލުގެ ދަށުން، މި ކައުންސިލުގެ ނަންބަރު (IUL)219-CS/1/2023/14 (8 މެއި 2023) ގައި ކުރެވުނު އިއުލާނުގައިވާ ބައެއްތަކެތި ނީލަން ކިއުމަށް އަލުން އިއުލާންކުރަމެވެ. އަދި މި ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މައުލޫމާތު ސާފްކުރުމަށް 2023 ޖޫން 08 ވަނަ ދުވަހުގެ 10:00 ގައި މި ކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި 2023 ޖޫން 11 ވަނަ ދުވަހުގެ 10:00 އަށް ނީލަމުގައި ބައިވެރިވުމަށް މި ކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ވީމާ، މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފްކުރެއްވުމަށް މިކައުންސިލުގެ 3003995 ނަންބަރު ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ.

            11 ذُوالْقَعْدَة   1444

31 މޭ 2023
ހޯދާ