ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރުން

                                           އިޢުލާން

 

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރުން

 

މިކައުންސިލްގެ ލޯގޯ ފަރުމާކޮށްދިނުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯއަކަށް 5,000ރ (ފަސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ކަނޑައެޅިފައެވެ. 

ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް

1. ފަރުމާ ކުރެވޭ ލޯގޯ އަކީ ހއ.އިހަވަންދޫ ރަމްޒުކޮށްދޭފަދަ އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. މިގޮތުން އިހަވަންދޫއަށް ޚާއްސަ ސިފަތަކާއި، ކަންކަމާއި، ތަކެތި ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށްވުން.

2. ފަރުމާކުރެވޭ ލޯގޯއަކީ މުޅިން އައު، އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ.

3. ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒްކޮށްދޭ ފަރުމާއަކަށް ވެގެންނުވާނެއެވެ.

4. ލޯގޯ ފަރުމާކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުން ކުރަންވާނީ

Jade Green (Hex: #00A86B, RGB:#0,168,107)  ކުލައެވެ. މީގެއިތުރުން 2 ކުލައެއް ބޭނުންކުރެވިދާނެއެވެ.

5. ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ލެޓަރހެޑް، ބިޒްނަސް ކާޑް، ސްޓާފް ކާޑް، ދިދަ، ޔުނީފޯމް އަދި ވެބްސައިޓް ޕޭޖް ފަދަ ތަކެތީގައި ބޭނުންކުރެވޭ ފަދަ ގޮތަކަށެވެ.

6. ލޯގޯއަކީ ލަކުޑި، ފައިބަރު އަދި މައުދަންތަކުގައި ކަނޑާ ނަގައިގެން ސިފަ ފާޅުކުރެވޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.

7. ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ dpi600 ނުވަތަ އެއަށްވުރެ މައްޗެވެ.

ލޯގޯ އާއި އެކު ހުށަހަޅަންޖެހޭ މަޢުލޫމާތު

      1.  ލޯގޯގެ PSD، PNG އަދި JPEG ފައިލް ހުށަހަޅަންވާނެއެވެ.

      2.   ލޯގޯގެ ގްރޭ ސްކޭލް އަދި ކުލަކޮށް އޮންނަ PDF ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ PDF ފައިލް 10MB އަށްވުރެ އިތުރުވެގެންނުވާނެއެވެ.

      3.   ލޯގޯ ފަރުމާކުރަންވާނީ ވެބް ވާރޝަން، ޕްރިންޓް ކޮލެޓީ ވަރޝަން އަދި SVG ފޯމެޓަށެވެ.

      4.   ލޯގޯގެ ކުލަ ސޮފްޓް ކޮޕީ، ކުލަތަކުގެ ޕެންޓޯން ނަންބަރު އަދި ކުލަ ކޯޑާއެކު ޖޭޕެގް / ޓިޕް ފޯމެޓުގައި ލޯގޯ ހުށަހަޅާފަރާތުގެ އިތުރު ހުއްދައަކާއިނުލައި ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލަށް ދޭކަން އަންގައިދޭ ލިޔުމެއް.

      5.    ލޯގޯ ހުށަހެޅި ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި ފޯން ނަންބަރު

      6.     ލޯގޯއިން ރަމްޒުކުރާ މާނައާއި ތަފްސީލް ބަޔާންކޮށްދޭ ލިޔުން.

      7.  ލެޓަރހެޑް، ބިޒްނަސް ކާޑް، ސްޓާފް ކާޑް، ދިދަ، ޔުނީފޯމް ފަދަ ތަކެތީގައި ލޯގޯ އިންނޭނެ ގޮތުގެ ކުލަ ކުރެހުން

      8.     ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅޭނީ 2 ލޯގޯއެވެ.

      9.    ލޯގޯ ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑް ކޮޕީ.

 

މާކްސް ދެވޭގޮތުގެ ތަފްސީލް:

  1. ލޯގޯ ފަރުމާކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަޑުތަކާއި އެއްގޮތަށްތޯ ބަލާ ފާސްކުރުން.
  2. ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ މިންވަރު.
  3. ހއ.އިހަވަންދޫ ރަމްޒުކޮށްދޭ މިންވަރު.
  4. ލޯގޯ ފަރުމާތަކަށް އިންސާފުކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކޮށް މިކަމަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުން.

 

މާކްސްދެވޭނެ މިންގަނޑު

މާކްސްދެވޭ މިންގަނޑުތައް

ކަނޑައެޅިފައިވާ %

ކޮލިޓީ އަދި ޓެކްނިކަލް ފެންވަރު

35

އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން

20

އަމިއްލަވަންތަކަން

30

ހއ.އިހަވަންދޫ ރަމްޒުކުރެވިފައިވާ މިންވަރު

15

 

ވީމާ، މަތީގައި ބަޔާންކޮށްފައިވާ ފޯމެޓްތަކަށް ލޯގޯގެ ސޮފްޓްކޮޕީ އަދި މަތީގައި ދެންނެވިފައިވާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު 20 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]  އަށެވެ.

 

މިހެންވެ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

‏                                    10‏ ޛުލްޤަޢިދާ‏ 1444

30 މޭ 2023
ހޯދާ