ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު
ތިރީގައި މިދަންނަވާ 02 މަސައްކަތްތަކަށް ވަކިވަކިން ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ޓާރފް ފުޓްސަލް ދަނޑުގައި ކުރަންޖެހޭ މަސައްކަތް
- ގދ.ގައްދޫ ޓާރފް ފުޓްސަލް ދަނޑުގެ އެތެރޭގައި ހަދާފައިވާ ހަޓްގެ މަތީގައި ކޮންކްރިޓް ޝީޓް ހަޓްގެ ހުޅަނގު ފަރާތު ފާރު އަދި ހަޓްގެ އުތުރުފަރާތުގައި 6ފޫޓް 4ފޫޓް ގޮޅިއެއް ރާނާއި ސިމިންތިޖެހުން.
- ދަނޑުގެ ފެންސް ވަށައިގެން ދިދަޖެހޭގޮތަށް ދިދަޕޯލްތައް ހަރުކުރުމާއި، މިހާރު ހަދާފައިހުރި ހަޓްގެ ފްރޭމްނަގައި އަލުންހެދުމާއި، ސްކޯބޯޑް ހަރުކުރުމަށް ސްޓޭންޑެއް ހަރުކުރުން.
v މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ( 18/2014 ) ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ( 19/2014 ) ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
v މިމަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށާއި، ތަނުން ނަގަންޖެހޭ މިންތައް ނެގުމަށް 31 މެއި 2023 ވާ ބުދަ ދުވަހުން ފެށިގެން މިދާރާގެ ކައުންސިލް އޮފިސަރ އިބްރާހިމް ފުޟޫލް 7905301 އާއި ގުޅުއްވުން އެދެމެވެ.
v ކޯޓޭޝަން ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 05 ޖޫން 2023 ވާ ހޯމަ ދުވަހުގެ 13:00އެވެ. ކޯޓޭޝަން ހުށަހަޅާނީ ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ އިދާރާއަށް ދުރުވެގެންނެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
30 މެއި 2023