އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މަހިބަދޫ ޕްރީސްކޫލް މަގުފާރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން.

އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ޕްރީސްކޫލްގެ މަގުފާރު ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން  މި އިޢުލާނާއެކު ޢާންމުކުރެވިފައިވާ  ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. މި މަސައްކަތުގެ “ބީލަން ފޮތް'' މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ބީލަމުގައި ބައިވެރިވުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކައުންސިލްގައި ރެޖިސްޓަރ ކުރަންވާނެއެވެ. މިކަމަށް ޚާއްޞަ ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް ރަޖިސްޓްރީކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި މިކައުންސިލްގެ އީމެއިލް އަށް މެއިލް [email protected]  އަށް މެއިލް ކުރުމަށްފަހު ކައުންސިލުން މެއިލް ލިބުނު ކަމަށް އެންގުމުން ރަޖިސްޓްރީ ކުރެވުނީ އެވެ. ރަޖިސްޓްރޭޝަން ފޯމް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 07 ޖޫން 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.  މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

ޕްރީބިޑް ބައްދަލުވުން

މި ބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ،  މަޢުލޫމަތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މި ކައުންސިލްގެ ގެ އީމެއިލް [email protected]  އަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

 

 

ބީލަން ހުށަހެޅުން

ބީލަން ހުށަހަޅާނީ 11 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގައި އަރިއަތޮޅު ދެކުނުބުރީ ކައުންސިލްގެ އިދާރާއަށެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 60 ދުވަސް އޮންނަންވާނެއެވެ.

ނޯޓް: މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސެސްގެ ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

30 މޭ 2023
ހޯދާ