ކިނޮޅަހު ހެލްތު ސެންޓަރ، ރ. ކިނޮޅަސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސިއްހީމަރުކަޒުން ދެއްވާ މައުލޫމާތާއި އެއްގޮތަށް މިމަރުކަޒުގެ ރިސެޕްޝަންމަރާތުކުރުމާއި، ފެނާއި ނަރުދަމާ ގުޅުމާއި އަދި ކަބަޑުޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއްހޯދުމާގުޅޭ
މިސިއްހީމަރުކަޒުން ދެއްވާ މައުލޫމާތާއި އެއްގޮތަށް މިމަރުކަޒުގެ ރިސެޕްޝަންމަރާތުކުރުމާއި، ފެނާއި ނަރުދަމާ ގުޅުމާއި އަދި ކަބަޑުޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއްހޯދުމާގުޅޭ
- މަޢުލޫމާތު ދިނުމުގެ ސެޝަން: 7 ޖޫން 2023 ވާ ބުދަ ދުވަހުގެ ހެނދުނު 11.00 ގައި ރ.ކިނޮޅަހު ސިއްހީމަރުކަޒުގެ އޮފީހުގައެވެ.
- އަންދާސީހިސާބު ހުށަހެޅުން: 8 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11.00ގައި ރ.ކިނޮޅަހު ސިއްހީމަރުކަޒުގެ އޮފީހުގައެވެ.
- މައުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށައަޅުމުގެ ބައްދަލުވުމަށް، ހާޒިރުވާ ފަރާތްތަކަކުން އައިޑީކާޑް ގެންނަން ޖެހިލައްވާނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއްފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް،ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލްކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއާއިއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީއާއިއެކު ހުށައަޅަންވާނެއެވެ.
- މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
- މި މަސައްކަތަށް އެދި ހުށައަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރަ ބޭރުގައި ކިނޮޅަހު ސިއްހީމަރުކަޒުގެ ފެނާއި ނަރުދަމާ ގުޅުމާއި ކަނބަޑުޖެހުމުގެ މަސައްކަތްކަތްކުރުން ލިޔެވިފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށައަޅާފަރާތުގެ ނަމާއި، އެޑްރެސް ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.
- އަންދާސީ ހިސާބާއެކު ހުށައަޅަންޖެހޭ ލިޔެކިއުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބާތިލްކުރެވޭނެއެވެ.
30 މޭ 2023
ހޯދާ