މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނޫމަރާ ކައުންސިލްގެ 1 ވަނަ ޤުރުއާން މުބާރާތް 2023 ގައި ބައިވެރިވުމަށް ހުޅުވާލުން
މިކައުންސިލްގެ ފުރަތަމަ ޤުރުއާން މުބާރާތް 2023 ޖުލައި 19 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2023 ޖުލައި 06 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޤަވާއިދާއި ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 01 ޖޫން 2023 ން 06 ޖުލައި 2023 ށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
30 މޭ 2023
ހޯދާ