ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތު
މާލެ،
ދިވެހިރާއްޖެ
(IUL) 182-REG-23-2023-09 :ނަންބަރު
އެލާރޓް
ރާއްޖެ އިމްޕޯޓް ކޮށްފައިވާ (Ranitidine Injection)Aciloc ގެ ބެޗް ނަމްބަރ RP21311 އިން ކޮލިޓީ މައްސަލައެއް ފެނިފައިވާތީ އެކަމާއި ގުޅޭ
ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންގެންދާ (Ranitidine Injection)Aciloc ގެ ތިރީގައިވާ ބެޗުން ކޮލިޓީ މައްސަލަތަކެއް ފެނިފައިވާތީ މި ޕްރޮޑަކްޓް ގެ މި ބެޗް، ރާއްޖެ އެތެރެ ކުރުމާއި، ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ.
އެހެންކަމުން މި ބޭހުހެ މި ބެޗް، އެއްވެސް ފާރމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން މި އޮތޯރިޓީގެ ހޮޓްލައިން ނަމްބަރ 7200321 އަށް އެންގެވުން އެދެމެވެ.
Ranitidine Injection (Aciloc 25mg/ml) | Product Name |
25mg/ml | Strength |
Cadila Pharmaceuticals LTD. Ahmedabad | Stated Manufacturer |
RP21311 | Batch / Lot |
07/2021 06/2024 |
Expiry Date (counter fed product) |
އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާ އިރު ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.