ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް ހޯސްޓްކުރާނެ ފަރާތެއް ހޯދުން

އިޢުލާން

ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް ހޯސްޓްކުރާނެ ފަރާތެއް ހޯދުން

                ހދ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ނޮޅިވަރަންފަރަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތް މި އަހަރުގެ ޖުލައި މަހު ބޭއްވުމަށްޓަކައި، މިމުބާރާތް ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                ވީމާ، މިކަމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރެޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމާ، ރަޖިސްޓްރީކުރުމުގެ ސުންގަޑި:   05 ޖޫން  2023، 10:00 ހޯމަ

ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/nS8NyU1Z84

ބީލަން ހުށަހެޅުން:      07 ޖޫން  2023، 11:30 އަށް

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ 05 ޖޫން 2023، 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

30 މޭ 2023
ހޯދާ