މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމަށް އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕެއް ބޭއްވުމާއި ގުޅޭ

      މިކައުންސިލްގެ ނަމްބަރ (IUL)425-C1/1/2023/56 ( 24 ފެބްރުވަރީ 2023 ) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.      

      ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމަށް ބާއްވާ އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕްގެ ކުލާސްތައް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވުމާއެކު ބައިވެރިވުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލެވިފައިވާ ވާގަކަދެންނެވީމެވެ. ބައިވެރިން ލިބޭ ވަރަކުން އެކި ކުލާސްތަކަށް ބަހާލައިގެން މުޅި އަހަރުތެރޭގައިވެސް ކުލާސްތައް ކުރިއަށް ގެންދާނެ ވާހަކަދެންނެވީމެވެ. ކޮންމެ ކުލާހެއްގެ ބައިވެރިންނަށްވެސް ވޯކްޝޮޕް ހިންގާނީ 1 މަސްދުވަހުގެ މުއްދަތަށެވެ.

      ވީމާ، ވޯކްޝޮޕްގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވެވަޑައިގަންނަވާ، އުމުރުން 18 އަހަރުންމަތީގެ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ފޯމް ފުރިހަމަކުރައްވައި މިކައުންސިލްގެ [email protected]  އަށް މެއިލްކުރެއްވުންއެދެމެވެ.

      ވޯކްޝޮޕާބެހޭ މައުލޫމާތު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

30 މޭ 2023
ހޯދާ