މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިސްލާމީ މަރުކަޒުގެ ޖާލި މަރާމާތުކޮށް ވަރުނީސް ކުރުން
އިޢުލާން
މި މިނިސްޓްރީގެ ނަންބަރު: (IUL)142-E1/1/2015/2 އިޢުލާނާ ގުޅިގެން އިސްލާމީ މަރުކަޒުގެ ޖާލިތައް މަރާމާތުކޮށް ވަރުނީސްކޮށްދިނުމަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގެންފައިވަނީ ދެފަރާތަކުން ކަމަށްވާތީ އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 29 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 02 ފެބުރުވަރީ 2015 ވާ ހޯމަަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަމަވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 ފޯނަށެވެ.
04 ރަބީޢުލްއާޚިރު 1436
25 ޖަނަވަރީ 2015
ހޯދާ