މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
އަހަރީ އާންމު ޖަލްސާ

މިއެސޯސިއޭޝަންގެ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ 12 ޖޫން 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި އެމް.އެން.އައި.އެސް ސެމިނަރ ރޫމް (ހ.ބޯޅަގެ، 3 ވަނަ ފަންގިފިލާ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މިޖަލްސާގައި ބައިވެރިވުމަށް މިއެސޯސިއޭޝަންގެ މެމްބަރު ކުލަބް/ޖަމްޢިއްޔާ ތަކުން 2 ބޭފުޅެއްގެ ނަން (ވޯޓު ލާންޖެހިއްޖެ ހާލަތެއްގައި ވޯޓުލާނެ ފަރާތް އެނގޭނޭގޮތައް) ބަޔާންކޮށް 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ލިޔުމަކުން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. އަދި އަހަރީ އާންމު ޖަލްސާއަށް މިއެސޯސިއޭޝަންގެ މެމްބަރު ކްލަބް/ޖަމްޢިއްޔާތަކުން ހުށަހަޅަން ބޭނުންވާ ކަމެއް ވާނަމަ އެކަން ލިޔުމަކުން 04 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެއްޅުއްވުން އެދެމެވެ.

29 މޭ 2023
ހޯދާ