މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 އިޢުލާނު                                                            

މިކުންފުނީގެ ސ. ހިތަދޫގައި ގާއިމު ކުރެވިފައިވާ ސައިޓް އޮފީހަށް މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:

2 (ދޭއް)

މުސާރަ:

-/4,560 (ހަތަރުހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

-/1,500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެފައިސާ

މަސައްކަތް ކުރަންޖެހޭތަން:

ސ. ހިތަދޫގައި ގާއިމު ކޮށްފައިވާ މިކޯޕަރޭޝަނުގެ ސައިޓް އޮފީހުގައި

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

ޕުރޮޖެކްޓުގެ ސައިޓު އޮފީހަށް ބޭނުންވާ ހުރިހާ އިދާރީ މަސައްކަތްތަކެއް ކުރުން.

ފެންވަރު ނުވަތަ ޝަރުތު:

- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ

- ޖީ.ސީ.އީ އޯލެވެލް އިން މަދުވެގެން 3 މާއްދާއިން C ފާސްލިބިފައިވުމާއެކު ދިވެހިން  C ފާސްލިބިފައިވުމާއި ނުވަތަ

- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

- ބޭސިކް ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު ދިވެހި އަދި އިނގިރޭސި ބަހަށް ފަރިތަވުން.

- މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރަތްތަކަށް އިސްކަންދެވޭނެއެވެ.

 ސިއްހަތު ސަލާމަތުން ހުރުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން.

މަޤާމު:

ވެލްޑަރ

ބޭނުންވާ ޢަދަދު:

2 (ދޭއް)

މުސާރަ:

-/4,560 (ހަތަރުހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

-/1,500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެފައިސާ

މަސައްކަތް ކުރަންޖެހޭތަން:

ސ. ހިތަދޫގައި ގާއިމު ކޮށްފައިވާ މިކޯޕަރޭޝަނުގެ ސައިޓު އޮފީހުގައި

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ސައިޓުގައި ކުރަންޖެހޭ ދަގަނޑު ކެފުމާއި ވެލްޑިންގ ގެ މަސައްކަތް ކުރުން.

- ސައިޓުގައި ހިންގާ ޕުރޮޖެކްޓުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

ދަގަނޑު ކެނޑުމާއި ވެލްޑިންގް ކުރުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

 ސިއްޙަތު ރަނގަޅު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައި ވުން.

ވަޒީފާ ދެވޭނީ 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން ހާޒިރީ އަށާއި މަސައްކަތުގެ އަޚުލާޤަށް އަދި ފެންވަރު ބެލުމަށް ފަހު ވަޒީފާ ދާއިމީ ކުރެވޭނެއެވެ. އަދި މިވަޒީފާއަށްއެދި ހުށަހަޅުއްވާ ފަރާތްތަކުން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓު ކުރެވޭފަރާތްތަކަށެވެ.    

ވީމާ، މިވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު، ވަނަވަރު، އައިޑީ ކާޑުގެ ކޮޕީ، ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯ، ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން، ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާއެއްގޮތް ކޮޕީ އަދި ގުޅޭނެ ނަންބަރު އެނގޭ ގޮތަށް 1 ފެބުރުވަރީ 2015 (އާދީއްތަ) ދުވަހުގެ 15:00 ގެ ކުރިން މާލޭގައިނަމަ މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް އަދި ސ. ހިތަދޫނަމަ އެމް.އާރް.ޑީ.ސީ. ހިތަދޫ ސައިޓް އޮފީހަށް ފޮނުއްވައިދެއްވުން އެދެމެވެ.

4 ރަބީޢުލްއާޚިރު 1436

25 ޖަނަވަރީ 2015
ހޯދާ