ދިވެހިރާއްޖެ
ޙަފްލާއެއްގެ ކޭޓަރިންގ އަދި ތަން ޒީނަތްތެރިކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ކުރި މި އޮފީހުގެ ނަންބަރު 483/1/2023/5(IUL) (18 މޭ 2023) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ މި މަސައްކަތުގެ ރިކުއަރމަންޓަށް ބަދަލުގެނެސް ޙަފްލާއަށް ތަން ޒީނަތްތެރިކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. މި ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޢުމަރު ޒާހިރު އޮފީސް ޢިމާރާތުގެ މަލްޓި ޕަރޕޯސް ހޯލުގައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2023 ޖޫން 01 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، ތިރީގައިވާ ލިންކް މެދުވެރިކޮށް، މަޢުލޫމާތު ސާފުކުރެއްވުމަށް ޕްރީ-ރެޖިސްޓަރ ކުރެއްވުމަށާއި، ކަނޑައެޅިފައިވާ ތާރީހަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ޕްރީ-ރެޖިސްޓްރޭޝަން ލިންކް: https://forms.office.com/r/vFfNZxqNvm
އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމައަށް ހުށަހެޅުއްވުމަށާއި ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ހުރިހާ ބައެއް ޕްރޮޕޯސަލްގައި ހިމެނުމާއެކު ޗެކްލިސްޓް ފުރިހަމަ ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.
ބީލަމާގުޅޭ މުހިންމު ސުންގަޑިތައް
ބީލަން އިއުލާނުކުރުން |
29 މޭ 2023 |
ބީލަމުގައި ބައިވެރިވާން ބޭނުން ފަރާތްތައް ޕްރީ-ރަޖިސްޓްރީ ކުރުން (މަޢުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް) |
2023 ޖޫން 01 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް. |
ބީލަން ހުށަހެޅުން |
ތަން: ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް ތާރީޚް: 06 ޖޫން 2023 (އަންގާރަ) ގަޑި: 11:30 |
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ، ރަސްމީ ގަޑީގައި، ނަންބަރު 7960440 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.