މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ ޑްރައިވަރު (ކުނި މެނޭޖްކުރުމުގެ މަސައްކަތަށް)

ވަޒީފާގެ ފުރުސަތު

 

ޑްރައިވަރ (ކުނި މެނޭޖް ކުރުމަށް ނެގޭ ވަގުތީ މުވައްޒަފެއް)

މަޤާމް:

01(އެކެއް)

ބޭނުންވާ އަދަދު:

ވަގުތީ (ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން)

މަޤާމުގެ ގިންތި:

ވަޒީފާ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 10 ޖަނަވަރީ 2024 ގެ ނިޔަލަށް.

މުއްދަތު:

ގަޑިއިރަކަށް -/38 ރުފިޔާ

މަޤާމުގެ މުސާރަ:

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ ގަޑިއިރަކަށް -/38 ރުފިޔާ

އެލެވަންސް:

  1. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާއި ގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކެޓްރީ ޖެނެރަލްއަށް ފުރިހަމައަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުން ދީ އެފަދަ ނިންމުންތައް ތަންފީޒްކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ސެކެޓްރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފައާއި އިރްޝާދުގެ މަތިން ކުރުން.
  3. ކައުންސިލް އިދާރާގެ އެއްގަމު އުޅަނދުފަހަރުގައި ކުރަންޖެހޭ ދަތުރުތައް، (ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން) ކުރުން.
  4. ކައުންސިލް އިދާރާގެ ފަރާތުން ގޭގެއިން ނަގަންޖެހޭ ކުނި ނެގުން.
  5. ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ކުނިގެންދަން ޕިކަޕުގައި ކުނި ނަގާއިރު އަދި ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ގޮސް ކުނި ހުސްކުރާއިރު މަސައްކަތުމީހުންނަށް އެހީތެރިވެދީ ކުނި އެންދުމާއި ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ކުރަންޖެހޭ އެހެން މަސައްކަތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  6. ޕިކަޕާއި ރަށު ޕިކަޕްގެ މަރާމާތައް ބޭނުންވާ ތަކެތި ކަމާބެހޭ ސެކްޝަނާ ގުޅިގެން ހޯދައި ކުރެވެން ހުންނަ ކުދިކުދި މަރާމާތުތައް ކުރުން. އަދި އަމިއްލައަށް ނުކުރެވޭ ވަރުގެ މަރާމާތެއް ކުރަން ވެއްޖެނަމަ ކަމާބެހޭ ސެކްޝަނަށް މައުލޫމާތުދީ އެމަސައްކަތަށް އެހީތެރިވުން.
  7. ދަތުރަށް ފެށުމުގެ ކުރިން އިންޖީނުގެ އަޑީތެލާއި މަތީތެޔޮ ހަމަޔަށް ހުރިތޯ ބަލައި ތެޔޮ މަދުނަމަ ތެޔޮއެޅުން.
  8. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިހުރި ކުނިގޮނޑުން އިތުރުވާ ކުނިތައް ކައުންސިލުން ދައްކާ ދޯނިފަހަރަށް އެރުވުމުގެ މަސައްކަތުގައި ހަރަކާތްތެރިވުން.
  9. އަދި، މިނޫންވެސް ކައުންސިލުން ހިންގާ އެހެނިހެން ކަންކަމުގައި އެއްބާރުލުންދީ ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދުގެ މަތިން ބައިވެރިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ދިވެއްސަކަށްވުން

2. ލިޔަންކިޔަން އެނގުން.

3. އުމުރުން 18 އަހަރު ފުރި 60 އަހަރު ފުރިފައިނުވާ މީހަކަށް ވުން.

4. މަޤާމަށް ބޭނުއްވާ ލައިސަންސް ހާޞިލްކޮށްފައިވުން. (އެއްގަމުގައި ދުއްވާ އުޅަނޑުފަހަރު ދުއްވުމުގެ C1 ކެޓަގަރީގެ ލައިސަންސް ލިބިފައިވުން)

4. ހަފްތާގެ ހަ ދުވަހު، ދުވާލަކުފަސް ގަޑިއިރު މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. (ރަސްމީ ގަޑީގައި މިއިދާރާއިން ލިބެންހުންނާނެ)
  2. އައިޑީ ކާޑުގެ ސާފު ކޮޕީ. (ދެފުށުގެ)
  3. ލައިސަންސްގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލޔުންތަކުގެ ކޮޕީ.

(ހ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކުރި ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

އަސާސީ ޝަރުތު ހަމަވުން

50

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ޖޫން 2022 ގެ 12:00 ގެ ކުރިން، ބ. ހިތާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް ކުރައްވާނަމަ ސުންގަޑީގެ ކުރިން  އީމެއިލް ލިބުނުކަން ކަށަވަރުކުރުމަކީ އީމެއިލް ކުރައްވާ ފަރާތުގެ ޒިންމާއެކެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 11 ޖޫން 2023 އާއި 13 ޖޫން 2023 އާ ދެމެދު، ބ. ހިތާދޫ ކައުންސިލްގެ އިދާރާގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600007 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

 

09 ޒުލްޤައިދާ 1444 ހ.

29 މޭ 2023
ހޯދާ