ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްކޫލް / މަދަރުސާތަކަށް އެހީތެރިވުމުގެ ޕްރޮގްރާމް

ލ. އަތޮޅު ސްކޫލް/މަދަރުސާތަކުން ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް ސްކޫލް/މަދަރުސާތަކުގެ ވަސީލަތްތައް ފުރިހަމަ ކުރުމުގެ މަޤުޞަތުގައި ހައްދުންމަތީ އަތޮޅު ކައުންސިލާއި، އަތޮޅު ރަށްރަށުގެ ރަށު ކައުންސިލްތަކާއި، އަތޮޅުގެ ސްކޫލް/މަދަރުސާތައް ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން ސްކޫލް/މަދަރުސާތަކުގައި ފުރިހަމަ ކުރަން ހުރި ކަންކަމަށް އެހީތެރިވުމުގެ ޕްރޮގްރާމް މި އަހަރު ވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި އަހަރު ހިންގާ ޙަރަކާތުގައި ވެސް ކުރީ އަހަރެކޭ އެއްފަދައިން ސްކޫލް/މަދަރުސާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ވީމާ، މި އަތޮޅުގެ ސްކޫލް/މަދަރުސާތަކުގައި ހިންގަން ބޭނުންވާ ޙަރަކާތަށް އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅަން ބޭނުންވާ މި އަތޮޅުގެ ސްކޫލް/މަދަރުސާތަކުން، އެހީއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، ޕްރޮޕޯސަލް އާއިއެކު 2023 ޖޫން 18 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. އެހީއަށް އެދި ހުށަހަޅާ ފޯމް މި އިއުލާނާއި އެކު އާންމުކުރީމެވެ.

29 މޭ 2023
ހޯދާ