މަޤާމު:
|
އެގްޒާމް އިންވިޖިލޭޓަރ
|
ބޭނުންވާ އަދަދު:
|
15
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
އުޖޫރަ ދެވޭނެގޮތް:
|
މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)
|
މަޤާމުގެ ޝަރުތު:
|
- ދިވެހި ރައްޔިތަކަށްވުން.
- އުމުރުން 18 އަހަރު ފުރިފައިވުން.
- އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
- މިޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރެއްކަމުގައި ނުވުން.
- އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
|
- ހެނދުނު ދަންފަޅި ހިމެނޭގޮތަށް މަސައްކަތަށް ވަގުތު ދެވޭނެ މިންވަރު.
- އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާ.
- ތައުލީމީ ފެންވަރު.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އިމްތިހާނު ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާ ގޮތެއްގެ މަތިން ކުރުން.
|
އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް:
|
މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށެވެ.
އޮންލައިން އެޕްލިކޭޝަން ލިންކް:
https://forms.gle/j8sPsYeCmKfu3D9t7
|
އެޕްލިކޭޝަންގެ ސުންގަޑި:
|
1 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން.
|
ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
- ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު). ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ، ޔުނިވަރސިޓީއިން އެދުމުން ކޮޕީ ވެރިފައިކުރުމަށް ސެޓްފިކެޓްގެ އަސްލު ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު:
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 އަށެވެ.
|