މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަގާއި ގޯޅިތައް ސާފުކޮށް ބެލެހެއްޓުމާއި މަގުމައްޗަށް ހުންނަގަސްތައް ކޮށުން

ބައެއް ފަރާތްތަކުން ގޯތި ތެރޭގައި ހައްދާ ރުއްގަހުން ގޮތްޕާއި ފަން މަގުމައްޗަށް ތިރިވެފައި ހުރުމާއި، އެކި ފަރާތް ތަކުން މަގުމަތީގައި ބަހައްޓަފައިހުރި ތަކެތީގެ ސަބަބުން، މަގު ބޭނުންކުރާ ފަރާތްތަކަށާއި، ދުއްވާ އެއްޗިއްސަށް އުންދަގޫތަށް އަންނަނީ ކުރިމަތިވަމުންނެވެ. އެހެންކަމުން، މިގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތި 15 ޖޫން 2023 ގެ ކުރިން ނެގުމަށް ދަންނަވަމެވެ. އަދި  މަގަށްވާގޮތަށް ހުރި ގަސްތަކުން މަގަށް ނުކުމެފައިހުރިބައި 15 ފޫޓުގެ އުސްމިނަށް އެ ތާރީޚުގެ ކުރިން ކޮށުމަށް ދަންނަވަމެވެ. މި ތާރީޚުގެ ފަހުން، މަގުމަތީގައި ހުންނަ ތަކެތި ކައުންސިލުން ނަގާނެކަމަށާއި، ނުކޮށާ ހުންނަ ގަސްތައް ކައުންސިލުން ކޮށާނެ ކަމުގައިވެސް ދަންނަވަމެވެ.

9 ޛުލްގައިދާ 1444

29 މޭ 2023
ހޯދާ