ދިވެހިރާއްޖެ
އިއުލާން
ދިރާސީ އައު އަހަރަށް ޕްރީސްކޫލަށް ކުދިން ވެއްދުމާބެހޭ
މި ފެށޭ ދިރާސީ އައު އަހަރު 2023-2024 އަލިފުށީ ޕްރީސްކޫލަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޕްރީސްކޫލަށް ކުދިން ވެއްދުމަށް ބޭނުންވެލައްވާ ފަރާތް ތަކުން ކައުންސިލްގައި ރަޖިސްޓްރީ ކުރުން 2023 މެއި 29 އިން 2023 ޖުލައި 25 ވާ އަންގާރަ ދުވަހުގެ 14:00 ހަމައަށް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.
ގްރޭޑް |
2023 ވަނަ އަހަރު ގްރޭޑަށް ވަދެވޭ އުމުރު ފުރާ |
ޕްލޭ ސްކޫލް |
އުމުރުން 2 އަހަރުން ދަށުގެ ކުދިން |
ބޭބީ ނާސަރީ |
31 ޖުލައި 2023 ވަނަ ދުވަހުގެ ނިޔަލަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން |
ނާސަރީ |
31 ޖުލައި 2023 ވަނަ ދުވަހުގެ ނިޔަލަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން |
07 ޛުލްޤައިދާ 1444
28 މެއި 2023
ކުދިން ޕްރީސްކޫލަށް ވައްދަން ރަޖިސްޓްރީ ކުރާ ފޯމް މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. ފޯމް ހުށަހަޅުއްވާއިރު ކުއްޖާ އާއި ބެލެނެވެރިޔާގެ އައި.ޑީ.ކާޑް ކޮޕީ ފޯމާއެކު ހުށަހަޅުއްވަން ވާނެއެވެ.
މިހެންވެ މިކަންއާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.