މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރު އަޟްޙާ ޢީދު ފާޙަގަކުރުމަށް ކުޅިވަރު ހަރަކާތްތަކެއް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުން

1444 ވަނަ އަހަރު އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ކުޅިވަރު ހަރަކާތްތަކެއް އިންތިޒާމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން އީދު ކުޅިވަރުތައް ރާވައި ހިންގައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން ޕްރޮޕޯރސަލް ހުށަހެޅުމަށް ދަންނަވަމެވެ. ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށް ކުޅިވަރުތައް ހިންގުމަށް -/18000 ރުފިޔާގެ އެހީއެއް ދެވޭނެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ތައްޔާރުކުރެވިފައިވާ މައުލޫމާތު ކަރުދާސް މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

29 މޭ 2023
ހޯދާ