މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ރަސްގެތީމު ކައުންސިލު އައު އިމާރާތުގުގެ މަސައްކަތްކުރުން

ބީލަން ހުށަހެޅުމުގެ ފުރުޞަތު؛

މިކައުންސިލްގެ ނަންބަރު(IUL)300/EC/300/2023/15 (23 މެއި 2023 ) އިޢުލާނުގެ ބައެއް އުނިކުރުމާއި އަދި އިޢުލާންނުގައި ހިމަނާފަވާނެކަމަށް ބުނެވިފައިވާ ބައެއް ލިޔެކިޔުން ހިމެނިފައި ނުވާތީ، އެއިޢުލާން މިވަނީ ބާތިލް ކުރެވިފައެވެ. ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓްގައި ހިމަނައިގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ރ.ރަސްގެތީމު ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަޝްރޫޢުގައި ނުނިމިވާ ބާކީހުރި މަސައްކަތައް ބިޑު ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައިލަމެވެ.

މި މަޝްރޫޢުއާއި ގުޅޭ ބީލަން ފޮތް މިއިޢުލާން އާއި އެކު ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށް ގަނޑުތައް ނުނެއްޓޭނޭގޮތަށް  ބައިންޑް/ހީރަސްކުރެވި ސިޓީއުރައިގައި ބަންދުކޮށްފައެވެ.

މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލް އިދާރާ

ރ.ރަސްގެތީމު، ދިވެހިރާއްޖެ.

ރ.ރަސްގެތީމު ކައުންސިލްގެ އައު އިމާރާތް އެޅުމާއި ބެހޭ އިޢުލާނު ނަންބަރު:

ރެޖިސްޓްރޭޝަން

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ރ.ރަސްގެތީމު ކައުންސިލް އިދާރާ ގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2023 ޖޫން 5 ވަނަ ދުވަހުގެ 13:00 އާއި ހަމަޔަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 13:00 އާއި ދެމެދު ރ.ރަސްގެތީމު ކައުންސިލް އިދާރާގެ ރިސެޕްޝަންގައެވެ. އަދި މިމުއްދަތު ތެރޭގައި އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ގުޅޭނެ ނަންބަރު ،ރަޖިސްޓްރީވާ ފަރާތުގެ ނަން ،އަދި ރަޖިސްޓްރީވާ ފަރާތުގެ އީމެއިލް އެގޭގޮތަށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށް ރެޖިސްޓަރ ކުރެވިދާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުން

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓްކުރާ ތާރީޙުން ފެށިގެން އިން 2023 ޖޫން 14 އާއި ދެމެދު [email protected]  އަށް އީމެއިލް ކުރައްވައިގެންނެވެ. ނުވަތަ ކައުންސިލް އިދާރާއަށް ޙާޟިރުވެގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

ޕްރީ ބިޑް ބައްދަލުވުން

މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2023 ޖޫން 22 ވަނަ ދުވަހުގެ 13:00 ގައި ރ.ރަސްގެތީމު  ކައުންސިލް އިދާރާގައެވެ. މިބައްދަލުވުމުގައި ޢިމާރާތް މިހާރު ހުރިގޮތް ބަލާއި ބީ.އޯ.ކިޔު އަށް އެއްވެސް އުނިއިތުރެއް ގެންނަންޖެހޭނަމަ އެކަމެއް ފާހަގަކޮށް ނިންމާއި ސީދާ ލިޔުމުން ހަވާލުކުރެވޭނެއެވެ. މިބައްދަލުވުމުގައި ޢަމަލީގޮތުން ބައިވެރިނުވާފަރާތްތަކުގެ ބިޑްބަލާއި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ބިޑު ހުޅުވުން

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 2023 ޖޫން 29 ވަނަ ދުވަހުގެ 13:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 ޖޫން 29 ވަނަ ދުވަހުގެ 13:00 ގައި ރ.ރަސގެތީމު ކައުންސިލް އިދާރާގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ނޯޓް:މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލް އިދާރާ

  ރ.ރަސްގެތީމު، ދިވެހިރާއްޖެ.

އީމެއިލް:  [email protected]

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

               1444 K 09      

              29  މެއި 2023

29 މޭ 2023
ހޯދާ