ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2023/87
އިޢުލާން
ކަށުކަމާ ކެމީގެ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ހިންގުމަށް ހަމަޖެހިފައިވާ ކަށުކަމާ ކެމީގެ ކަންކަން ދަސްކޮށްދޭ ކޯހެއް ހިންގައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކޯސް ހިންގައި ދިނުމަށް ޝަޢުޤުވެރިވާ މިފަދަ ކޯސް ހިންގައި ދެވޭނެ ފަންނީ ފަރާތްތަކުން އެކަން ކޮއްދެވޭނެއަގު ބަޔާންކޮށް، 2023 ޖޫން 07 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ތަޖްރިބާގެ ލިޔުންތައް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ލިޔުމުގައި މިއިދާރާއިން ކޮށްދޭންޖެހޭނެ ކަންކަމާއި ކޯސް ހިންގާ ފަރާތުން ކުރައްވާނެ ކަންކަން ބަޔާންކުރަންވާނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ޛުލަޤާއިދާ 1444
29 މެއި 2023