ދިވެހިރާއްޖެ
ސްކޫލް އޮފިޝަލް ޔުނިފޯމް ތައްޔާރުކުރާނެ ފަރާތެއް ހޯދުން.
ނަންބަރު: GS206/IUL/2023/003
1. މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ސްކޫލުގެ ރަސްމީ އާ ޔުނިފޯރމު ތައްޔާރު ކޮށްދޭނެ ފަރާތްތަކެއް ބޭނުންވާތީ އެފުރުޞަތު ހުޅުވާލަމެވެ.
2. މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 31 މޭ 2023 އިން 05 ޖޫން 2023 އަށް ބަންދުނޫން ކޮންމެ ދަވަހަކު 9:00 އިން 13:00 އަށް ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.
- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
- ރަޖިސްޓްރީ ނަންބަރު.
- އީމެއިލް އެޑްރެސް.
- ގުޅޭނެ މޯބައިލް ނަންބަރު.
3. މައުލޫމާތު ސެޝަންގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 06 ޖޫން ވާ އަންގާރަ ދުވަހުގެ 11:30 ގައި މި ސްކޫލްގައި އެވެ.
4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ވާދޫ ޖަމާލުއްދީން ސްކޫލް
ގދ.ވާދޫ
ފޯން: 7983084
އީ-މެއިލް: [email protected]