ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ހއ. އުތީމު ގަނޑުވަރުގެ ދިދަދަނޑި މަރާމާތުކުރުން

އަންދާސީހިސާބުބޭނުންވެއްޖެ

ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ހއ. އުތީމު ގަނޑުވަރުގެ ދިދަ ދަނޑި އަމިއްލަ ތަކެތީގައި، މި ޑިޕާޓްމަންޓުން ދެއްވާ ލަފާއާ އެއްގޮތްވާ ގޮތަށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު: IUL)222-HMC/1/2015/1)ފ(08 ޖަނަވަރީ 2015) ގެ އިޢުލާނަށް ހުށަހަޅާފައިވާ އަންދާސީހިސާބުތައް އެކަށީގެންވާވަރަށްވުރެ އަގުބޮޑުކަމަށް ފެންނާތީ، މި އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު، ހއ. އުތީމު

ބުރާސްފަތި

29 ޖަނަވަރީ 2015

10:00

އަންދާސީހިސާބު ހުށަހެޅުން

ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު، ހއ. އުތީމު

ހޯމަ

02 ފެބުރުވަރީ 2015

10:00

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނެތް ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

04 ރަބީޢުލްއާޚިރު 1436

25 ޖަނަވަރީ 2015
ހޯދާ