ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި މިނިސްޓްރީގެ 3ބުރި އިމާރާތުގެ 2ވަނަ ފަންގިފިލާ މަރާމާތުކުރުމަށް ކުރެވުނު ނަންބަރު IUL)13-J2/13/2014/354)ފ(22 ޑިސެންބަރު 2014) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތް ކުރުމަށް އަލުން ބިޑް ހުށަހެޅުމަށް ހުޅުވާލަމެވެ.
މަސައްކަތުގެ ތަފުސީލު |
މަޢުލޫމާތު ދިނުން |
ބިޑް ހުށަހެޅުން |
ބައެއް ލަކުޑި އަދި އެސަމްބަލްޑް ޕާރޓިޝަންތައް ރޫޅައި، 15 ކޮޓަރި އެލްމިނިއަމް ފްރޭމްގައި ބިއްލޫރި ލައްވައިގެން ހެދުމާއި، އެކްސްޕޯސްޑް ސީލިންގ ގްރިޑް ސިސްޓަމެއް އަޅައި ކަރަންޓް ވަޔަރުކޮށް ކުލަލުން |
2015 ޖަނަވަރީ 29 14:00ގައި |
2015 ފެބުރުވަރީ 4 14:00ގައި |
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި މިނިސްޓްރީގެ ވެލުއޭޝަން އެންޑް ޕްރޮޕަރޓީ ސާވިސަސް ޑިވިޜަނަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.
4 ރަބީޢުލްއާޚިރު 1436