ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ (އެމް.އެސް.1) / ނޭޝަނަލް ޑްރަގް އޭޖެންސީ / ކ. މާލެ (ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން)

އިޢުލާނު

 

މަޤާމު:

ފައިނޭންސް އޮފިސަރ 

މަޤާމުގެ ނަންބަރު:

J-346622

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ޑްރަގް އޭޖެންސީ / ކ. މާލެ (ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން)

މުސާރަ:

މަހަކު -/5610ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވެންސް: މަހަކު (އަސާސީ މުސާރައިގެ %35)
  2. ރިސްކު އެލަވަންސް: (ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގެ G207.3ގައިވާ ގޮތުގެ މަތީން)
  3. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސެކްޝަނަށް ކޮންމެ ދުވަހަކު އަންނަ ތަކެތި އެންޓްރީކޮށް ބެލެހެއްޓުމާއި، މަސައްކަތް ހަވާލުކުރެވޭ މުވައްޒަފަށް އެންޓްރީ ހަވާލުކުރުމާއި އެންޓްރީ ފައިލްކުރުން.
  2. ބިލްތަކުގެ ޑޮކިއުމަންޓްތަށް ހަމަތޯ ބެލުމަށްފަހު ޕޭމަންޓް ވައުޗަރ ހެދުން.
  3. އެން.ޑީ.އޭ އާއި އެން.ޑީ.އޭގެ ދަށުން ކުއްޔަށް ހިފާފައިވާ ތަންތަނާއި އެން.ޑީ.އޭއިން ފައިސާ ދައްކަންޖެހޭ ބިލްތަކާއި ލިޔުންތަކަށް ފައިސާ ދިނުމުގެ މަސައްކަތްކުރުން.
  4. ބޭރުގެ އެހީދޭ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އަހަރީ ފީއާއި ޗަންދާ ދެއްކުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  5. ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ކުރެވެން ހުރިތޯބަލާ (ކަމާބެހޭ އައިޓަމުގައި ފައިސާހުރިތޯ ބަލައި) ޚަރަދުކުރެވެން ހުރިނަމަ ހުއްދަދިނުން.
  6. ފައިސާ ނުލިބިގެން ހުށައަޅާ ސްޓޭޓްމަންޓަށް ފައިސާ ދެއްކުމުގެ ކަންތައް ހިންގާ ބެލެހެއްޓުން.
  7. ނަފާ ޓްރަސްޓް ފަންޑް އެކައުންޓްގެ އެންމެހޭ ކަންތައް ބެލެހެއްޓުން.
  8. ބަޖެޓާ ގުޅުންހުރިކަންކަމުގައި މިނިސްޓްރީ އޮފް ފިނޭންސްއާއި މުޢާމަލަތްކުރުން ( ޗެކް ނިންމުނަށް، ބްލޮކްކުރެވިފައިވާ ޕީ.ވީ ރަނގަޅުކުމަށް).
  9. އެން.ޑީ.އޭގެ ބަޖެޓާއި ގުޅިގެން ފޮނުވަންޖެހޭ ރިޕޯޓްތަށް ތައްޔާރުކުރުމާއި ކަމާއި ގުޅުންހުރި ދާއިރާތަކަށް ފޮނުވުން.
  10. އެން.ޑީ.އޭ އާއި އެން.ޑީ.އޭގެދަށުން ހިންގާ ސެންޓަރުތަކުގައި ކުރާ މަސައްކަތްތަކާއި ގުޅިގެން އެހެނިހެންފަރާތްތަކަށް ދޭންޖެހޭ އުޖޫރައާއި ޗަންދާއާއި، ދާއިރާއަށް ލިބޭ އާމްދަނީގެ ކަންތައްތައް މާލިއްޔަތުގެ ޤާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން (ނީލަންކިޔޭތަކެތި އަނބުރާ ލިބޭ ފައިސާ).
  11. ނައްތާލާ ކޮމިޓީގެ މެމްބަރެއްގޮތުން މަސައްކަތްކުރުމާއި، ނީލަން ކިއުމުގެ އެންމެހާ މަސައްކަތައްކުރުން.
  12. އެން.ޑީ.އޭގެ ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުމުގެ މަސައްކަތްކުރުން.
  13. އެން.ޑީ.އޭގެ ކޮންމެ މަހެއްގެ ޚަރަދު ރިޕޯޓް ތައްޔާރުކުރުން/ އެން.ޑީ.އޭގެ ކޮންމެ މަހެއްގެ ޚަރަދު ރިޕޯޓް ސެންޓަރުތަކެއް ވަކިވަކީން ތައްޔާރުކުރުން.
  14. ރަސްމީ ދަތުރުތަކުގައި އަތޮޅުތަކަށްދާ މުވައްޒަފުންނަށް ދޭންޖެހޭ އެލަވަންސް ދިނުމުގެ ކަންތައް ބެލެހެއްޓުން.
  15. ބޭރުގެ އެހީގެ އެކައުންޓްތައް ބެލެހެއްޓުމާއި ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށްކުރުން.
  16. ބަޖެޓް ކޮންޓްރޯލް ހެދުން (ބަޖެޓަށް އިތުރުކުރަން ބޭނުންވާ ފައިސާ ހޯދުމާއި ބަޖެޓަށް ގެންނަންޖެހޭ އުނި އިތުރުގެ ކަންތައް ބެލެހެއްޓުން.
  17. އެން.ޑީ.އޭ އިން ބަލަހައްޓާ އެކައުންޓްތަކަށް އެކި ގޮތްގޮތުން  ލިބޭ ހުރިހާ ފައިސާއެއް ބަލައިގަނެ ކަމާބެހޭ އެކައުންޓްތަކަށް ޖަމާކުރުން.
  18. މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ޤައުމީ ފަންޑުގެ މަސައްކަތް ބެލެހެއްޓުން.
  19. މާލީ ހިސާބު ތައްޔާރުކުން.
  20. ސެޕް ސިސްޓަމަށް އަޅާފައިވާ ބިލް ތަކުގެ ސްޓޭޓަސް ޗެކް ކުރުމާއި، އެއާ ބެހޭ މައުލޫމާތު ބިލްގެ ވެރިފަރާތަށް ރައްދުކޮށްދިނުން.
  21. ނަގަންޖެހޭފައިސާ ނެގުމާއި ޖަމާކުރުން.
  22. އެމުވައްޒަފެއް ކުރާ މަސައްކަތަކާ ގުޅުންހުރި އެންމެހަ ލިޔެ ކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  23. ސިޓީ/ މެމޯ ޑްރާފްކުރުމާއި ފޮނުވުން.
  24. ބެލެނިވެރީން ކްލައިންޓުނަށް ޖަމާކުރާފައިސާގެ ހިސާބުތައް ބެލެހެއްޓުން.
  25. ތިޖޫރީގައި ބެހެއްޓޭ ފައިސާއާއި އެފައިސާތަކުގެ ހިސާބު ބެލެހެއްޓުން.
  26. ޕެޓީކޭޝް ފައިސާގެ ކަންތައް ހިންގާ ބެލެހެއްޓުން.
  27. އެމް.އެމް.އޭ އަށް ޖަމާކުރަންޖެހޭ ފައިސާގެ ކަންތައްތައް ބެލެހެއްޓުން.  
  28. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް  ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެކައުންޓިންގ
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ފައިނޭންސް

 

ޕްރިފަރޑް ޑިސިޕްލިންތައް:

  • ނެތް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

  • އެކައުންޓިންގ
  • ފައިނޭންސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެކައުންޓިންގ
  • ފައިނޭންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 01 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން recruitment@nda.gov.mvއަށެވެ. 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މެއިލްކުރައްވާއިރު ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނު) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު އަދި އިންޓަރވިއު އޮންނާނީ 06 ޖޫން 2023 ގައި ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

       މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3039016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

                                    08 ޛުލްޤައިދާ 1444

                                      28 މެއި 2023                   

 

28 މޭ 2023
ހޯދާ