ދިވެހިރާއްޖެ
ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލު ކުރުމާއި ބެހޭ
ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލު ކުރުމުގައި 2024-2023 ވަނަ އަހަރު އަމަލު ކުރާނެ އުސޫލުގެ ދަށުން، ހުވަދޫ ސްކޫލްގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1-10 އަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، މިގްރޭޑް ތަކަށް ދަރިވަރުން ވައްދަން ބޭނުންވާ ބެލެނިވެރިން 11 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން 23-202420 ވަނަ އަހަރު LKG އަށް ދަރިވަރުން ވައްދަން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ސްކޫލަށް ހުށަހެޅުމަށް ދަންނަވަމެވެ. މި ފޯމު ސްކޫލް އޮފީހުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.
ލިންކް: https://drive.google.com/file/d/1E0lCnHVDoBXvtM6WdawesOT1U_wIzSVQ/view?usp=share_link
* އެލް.ކޭ.ޖީ، ޔޫކޭޖީ، އަދި ގްރޭޑް 1 އަށް ވައްދާނީ ނުވަތަ އެއްސްކޫލުން އަނެއް ސްކޫލަށް ބަދަލު ކުރާނީ ތިރީގައިވާ ތާވަލުގައިވާ ގޮތަށް ޢުމުރު ހަމަވާ ކުދިންނެވެ.
ގްރޭޑް |
2024-2023 ވަނަ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ ވައްދާ އުމުރުފެރާ |
އެލް. ކޭ. ޖީ |
2023 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން |
ޔޫ. ކޭ. ޖީ |
އެލް. ކޭ.ޖީ ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން |
ގްރޭޑް 1 |
ފައުންޑޭޝަން ސްޓޭޖް (އެލްޖޭޖީ، ޔޫކޭޖީ) ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރަމެވެ.