ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީގައި އިމާރާތްކުރާ އިންޓަރނޭޝަނަލް ސްކޫލުގެ ޕްލޭގްރައުންޑަށް ބޭނުންވާ ކުޅޭ ސެޓްތައް ހޯރަފުށީ ކައުންސިލް އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

            ހޯރަފުށީގައި އިމާރާތްކުރާ އިންޓަރނޭޝަނަލް ސްކޫލުގެ ޕްލޭގްރައުންޑަށް ބޭނުންވާ ކުޅޭ ސެޓްތައް ހޯރަފުށީ ކައުންސިލް އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މި ކައުންސިލް އިދާރާގެ ނަންބަރު (IUL)247-CA/247/2023/69 އިޢުލާނާ ގުޅިގެން ހުށަހަޅައިފައިވާ އަންދާސީހިސާބުތައް އެކަށީގެންވާ މިންވަރަށް ވުރެ ބޮޑުކަމަށް ފެންނާތީ ހުށަހަޅައިފައިވާ އަންދާސީ ހިސާބުތައް ބާތިލްކޮށް، މި މަސައްކަތަށް ޝައުޤްވެރިވެލައްވާ ފަރާތްތަކަށް ތިރީގައި ދަންނަވައިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވައިލަމެވެ.

            މި މަސައްކަތުގެ ބީލަން ފޮތް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

މި ބީލަމަށް ކުރިމަތިލައްވާ ފަރާތްތަކުން 2023 ޖޫން 5 ވާ ހޯމަ ދުވަހުގެ 13:00 އަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ (އޯކިޑްވިލާ) ގެ ކޮންފަރެންސް ހޯލު އަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ. ބީލަންތައް ހުޅުވާނީ ބީލަންތައް ބަލައިގަތުމަށް ފަހު، މި މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅައިފައިވާ ތާރީޚާއި ވަޤުތު، އިޢްލާން ނަންބަރު، ބީލަން ހުށަހަޅާފަރާތުގެ ނަން އަދި ގުޅޭނެ ނަންބަރެއް ލިޔެފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތު ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 45 ދުވަސް އޮންނަންވާނެއެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ހާޒިރުވާނަމަ އެކަން ބަޔާންކޮށް އެ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅަންވާނެއެވެ.

ނޯޓް:

           މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ

                                 08 ޛުލްޤާއިދާ 1444

28 މޭ 2023
ހޯދާ