ދިވެހިރާއްޖެ
ނަންބަރު:GS166/IUL/2022/011
އިޢުލާން
2023-2024 ވަނަ ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ |
2023-2024 ވަނަ ދިރާސީ އަހަރު މި ސްކޫލަށް އަލަށް ވަންނަން އެދޭ ދަރިވަރުންނަށް، 2023 މެއި 28 ވާ އާދީއްތަ ދުވަހުން ފެށިގެން އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ
އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ހަމަޖެހިފައިވާ އުމުރުފުރާ ތިރީގައި އެވަނީއެވެ.
ގްރޭޑް |
އުމުރުފުރާ |
އެލް.ކޭ.ޖީ |
2023 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން |
ޔޫ.ކޭ.ޖީ |
އެލް.ކޭ.ޖީ ފުރިހަމަކޮށް، 2023 ވަނަ އަހަރުގެ ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން |
ގްރޭޑް 1 |
ފައުންޑޭޝަން ސްޓޭޖް (އެލް.ކޭ.ޖީ އާއި ޔޫ.ކޭ.ޖީ) ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން |
ވީމާ 2023-2024 ވަނަ ދިރާސީ އަހަރަށް، މިސްކޫލްގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1އަށް ވައްދަން ބޭނުންވާ ދަރިވަރުންގެ ފޯމް ފުރުއްވުމަށްފަހު، ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 އިން 14:00 އަށް ސްކޫލް އޮފީހަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފޯމު ރަސްމީ ގަޑިގައި ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2023 ޖޫން 08 ވާ ބުރާސްފަތި ދުވަހެވެ. ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފޯމާއެކު ތިރީގައި މިވާ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
- ދަރިވަރުގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
- ބެލެނިވެރިޔާގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
- ދަރިވަރުގެ ވެކްސިން ކާޑުގެ ކޮޕީ (ވެކްސިން ދެވިފައިވާ ތާރީޚް ހިމެނޭ ޞަފްޙާތައް ހިމެނޭގޮތަށް)
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި ސްކޫލްގެ ނަންބަރު 7952903 އަށް ގުޅުއްވުން އެދެމެވެ.